Islam Dheen Aai Medhu Kurevey Baeh Kuh Heethah Essay

2747 Words Aug 10th, 2015 11 Pages
-------------------------------------------------
އިސްލާމް ޕްރޮޖެކްޓް
އިސްލާމްދީނާއި މެދު ކުރެވޭ ބައެއް ކުއް ހީތައް
އިބްރާހިމް އުނެއިސް ހުސެއިން
2806
ޑިޕް ބީ

އިބްރާހިމް އުނެއިސް ހުސެއިން
2806
ޑިޕް ބީ

h
އިސްލާމްދީނާއި މެދު ކުރެވޭ ބައެއް ކުއް ހީތައް.
އިސްލާމްދީނަކީ ކޮބާ ހެއްޔެވެ؟
އިސްލާމް މިއީ ޢަރަބި ބަހެކެވެ. މި ބަހުގެ މާނައަކީ، ﷲ އަށް ކިޔަމަންތެރިވެ، ބޯލަނބައި، އެކަލާނގެ އަމުރުފުޅުތަކާ އެއްގޮތްވާގޮތުގެ މަތިން ކަންތައްތައް ކުރުމެވެ. އިސްލާމްދީނަކީ ޞުލްޙަވެރި ދީން، މިނިވަންކަމުގެ ދީން، ރަޙްމަތުގެ ދީން، އަދުލުވެރިކަމުގެ ދީން، އެހީތެރިކަމުގެ ދީން، މާތް ﷲގެ ދީން، މެދުމިނުގެ ދީން، ފާޅުކަންބޮޑު ދީން، އަންހެނުންގެ ޤަދަރު އުފުލައިދޭ ދީނެވެ. އިސްލާމްދީނަކީ ﷲ ސުބުޙާނަޙޫ ވަތަޢާލާގެ މަގެވެ. މިދީނުގައި
…show more content…
އެއިރުން އެމީހުން ބޭނުންވާ ރަނގަޅު ޖަވާބު ލިބި އިސްލާމްދީނާބެހޭ ގޮތުން އޮޅުން ފިލާނީއެވެ. ކީރިތި ޤުރުއާނުގެ ތަރުޖަމާއެއް ހޯދައިގެން ޤުރުއާން ކިޔަވައިގެންނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތްތައް ކިޔައިގެންވެސް އިސްލާމްދީން ދަނެގަނެވޭނެއެވެ. ދީނީ ދަރުސްތަކަށް ދިޔުމުންވެސް މަޢުލޫމާތު ލިބޭނެއެވެ. ޔުނިވަރސިޓީ ތަކަށް އިސްލާމް އިން ތަރުބިއްޔަތު ހޯދައިގެންވެސް ރަނގަޅުވާނެއެވެ.
އިސްލާމްދީން ފެތުރިގެންދިޔައީ ކަނޑީގެ ބާރަކުން ނޫނެވެ.
ބައެއް މީހުން ދެކެވަދައިގަންނަވާ ގޮތުގައި އިސްލާމްދީން ފެތުރިގެންދިޔަ އެންމެ ބޮޑު ސަބަބަކީ މުސްލިމުން ކަނޑީގެ ބާރުބޭނުން ކޮށްގެން ހަނގުރާމަ ކޮއްގެނެވެ. މިއީ އިސްލާމްދީން ދެނެގަތުމުގައި ކުރެވޭ ކުށްހީތަކުން އެއްހީއެވެ. ކީރިތި ޤުރުއާނުގައި މުސްލިމުންނަކީ ގަދަކަމުން މީހުން އިސްލާމްދީނަށް ވައްދާ ދީނެއް ނޫންކަން އެނގެއެވެ. ބަޤަރާ ސޫރަތުދެ 256 އާޔަތުގެ މާނައިގައި ވެއެވެ.
"ދީނަށް ވެއްދުމުގައި މަޖުބޫރު ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ޟަލާލަތުގެ އަނދިރިކަމުގެ ތެރެއިން، ހިދާޔަތުގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. ފަހެ، ޝައިތާނާޔަށް ކާފަރުވެ ﷲ އަށް އީމާންވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ، އެންމެ ވަރުގަދަ ޢަޤީދާގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ނެތި ދިޔުމެއް އެޔަކައް ނުވެއެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅައް ދެނެވޮޑިގެންވާ ރަސްކަލާންގެެއެވެ."
އަދި ކީރިތި ޤުރުއާނުގައި އިސްލާމްދީނުގެ މަގު ރިވެތި ގޮތުގައި ދެއްކުމައް ވަނީ އަންގަވާފައެވެ. އެއީ ސޫރަތުލް ނަޙްލުގެ 125 ވަނަ އާޔަތުގައިވެއެވެ.
"ޙިކުމަތާއި، ރިވެތި ވަޢުޟާ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ!

Related Documents